މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ބްރެޒިލް އޮތީ ގްރޫޕް ސީގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ބްރެޒިލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްކޮޓްލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ހެއިޓީ އެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓްގައި މެތިއުސް ކުންޔާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފަ އެވެ. އަދި ބްރެޒިލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 36 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކުންޔާ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ވިނީޝަސް ޖޫނިއާ ދިން ބޯޅައެއް ހިފައިގެން ހެއިޓީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އެ ގޯލާ އެކު އިތުބާރު ހޯދައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލުން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ލޫކަސް ޕަކޭޓާ މަތިން ނަގައިދިން ބޯޅައަކަށް އަރައި، އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ވިނީޝިއުސް ޖެހި ލަނޑެކެވެ.
ބަދަލަކަށް ކުޅެން އެރި ބްރެޒިލްގެ 19 އަަހަރުގެ ފޯވާޑް އެންޑްރިކް ޖެހި ގޯލެއް ވަނީ އޮފްސައިޑަށް ދިދަ ނަގައި، ބަލައިނުގަންނަން ނިންމައިފަ އެވެ.
ބްރެޒިލް ހިމެނޭ ގްރޫޕް ސީގެ އެއްވަނައިގައި މިހާރު އޮތީ ބްރެޒިލް އެވެ. ބްރެޒިލްއާއި މޮރޮކޯ ވެސް އޮތީ 4 ޕޮއިންޓާއެކު އެވެ. ފަރަގަކީ ފައިދާ ގޯލެވެ. މި ގްރޫޕުން ދެވަނަ ބުރަށްދާނެ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުގައި ބްރެޒިލް ސުކޮޓްލޭންޑާ ދެކޮޅަށް، އަދި މޮރޮކޯ ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފަހުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;