ވޯލްޑްކަޕާއި ދިމާކޮށް ފެށި މި ހާއްސަ ޕްރޮމޯޝަންގައި ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100ރ. އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓައެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއް ނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް "ފޯރި ލަކީ ޑްރޯ" ގައި ބައިވެރިވެވޭނެ އެވެ.
ފޯރި ލަކީޑްރޯއާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;