ads
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ތަރައްގީގެ ޕްލޭންތައް ރާވަންޖެހިފައިވަނީ ތިމާވެއްޓަށް ރިއާޔަތްކޮށް: ނައިބު ރައީސް
ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ހައްގުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
Advertisement

ނައިބު ރައީސް މި ފަދައިން ގޮވާލައްވާފައިވަނީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1 ގައި، "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ހައްގުތައް ހިމާޔަތްކުރުން" މި މައުލޫއަށް ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅިގެން މީހުން ހިޖުރަކުރަން ޖެހޭ ހާލަތްތަކުގައި، އެކަން ވާން ޖެހޭނީ ދުރާލައި ރޭވިފައިވާ، އަމިއްލަ އިހުތިޔާރުގައި ކުރެވޭ އަދި އިންސާނީ ކަރާމާތް ހިފެހެއްޓިފައިވާ ކަމަކަށް ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަރޯސާވެވޭ އަދި ބޭނުންކުރެވޭނޭ ފަދަ މާލީ ފުދުންތެރިކަން ނެތި، ނާޒުކު ފައްތަރެއްގައިވާ ގައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ޤާއިމުނުކުރެވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރާ ގައުމުތަކުގެ ރައްޔިތުންނާއި ހާއްގުތައް ކަށަވަރުކުރަން ބޭނުންވާ ގާނޫނީ ޔަގީންކަން ހޯދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހައްގުތައް ހިމާޔަތްކޮށްދީ، ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައި އަދި ވިލުންތެރިކަން އިތުރުކޮށްދޭ ފަދަ ހައްލުތައް ކުރިއެރުވުމުގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިންނާއެކުގައި މަސައްކަތްކުރުންމަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަން ޖެހޭ މައްސަލައާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކުލަވައިލުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ނައިބު ރައީސް އަރިހުގައި ސަމިޓްގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;