މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑީޖީޖީ ގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
މި ޕްރޮމޯޝްގައި ބައިވެރިވެ، ޑީޖީޖީ ގެ ވެބްސައިޓުން ނަތީޖާ ދިމާ ކުރެވޭނެ އެވެ. މީގެ އިތުރުން ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ސޮނީ ސްޕޯޓްސް ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން ބުނީ، "ގެސް ދަ ސްކޯ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މަތީ ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅައިފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް"އެއް ހިމެނޭ ކަމަށް، ދިރާގުން ބުންޏެވެ. އޭގެ އިތުރުން "ޓީޓީ ރޭސިންގް" ގޭމިންގް ޗެއާއާއި އެހެނިހެން އިނާމުތައް ހިމެނޭ ކަމަށް ވެސް، ދިރާގުން މައުލޫމާތުދެ އެވެ.
ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;