ads
ގަތަރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ކެނަޑާ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ގެޓީއިމޭޖަސް
ފީފާ ވޯލްޑް ކަޕް: ގަތަރު ކޮޅަށް ކެނެޑާއިން ހަ ލަނޑު ޖަހައިފި
ގަދަ 32 ޓީމްގެ ފުރުސަތު ކެނެޑާއަށް ވަރަށް ބޮޑު
ޖޮނަތަން ޑޭވިޑްގެ ހެޓްރިކާ އެކު، 6-0 އިން ގަތަރު ބަލިކޮށް، ކެނެޑާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަަހަރަށް މޮޅެއް ހޯދައިފި އެވެ.
Advertisement

މި މެޗުގެ 16 ވަނަ މިނެޓްގައި ކައިލް ލެރިން ކެނެޑާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 29 ވަނަ މިނެޓްގައި ޖޮނަތަން ޑޭވިޑް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 33 ވަނަ މިނެޓްގައި ގަތަރުގެ ހޮމާމް އަހުމަދަށް ރަތްކާޑު ދެއްކިއިރު، މިއީ ކެނެޑާގެ ކުޅުންތެރިއަކަށް އޭރިއާގެ ބޭރުން ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޮނަތަން ޑޭވިޑް ކެނެޑާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފްގެ ކުރީކޮޅު ގަތަރުގެ އާސިމް މަޑިބޯ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 9 ކުޅުންތެރިންނާއެކު އެވެ. މިއީ ކެނެޑާގެ އިސްމާއިލް ކޯނޭއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ކެނެޑާގެ ހަތަރުވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ނޭތަން ސަލީބާ ކާމިޔާބުކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި ކެނެޑާގެ ފަސްވަނަ ގޯލު ފެނިގެންދިޔައެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ޖެކޮބް ޝަފެލްބާގް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ގަތަރުގެ މުހައްމަދު މަނައީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެނެޑާގެ ޖޮނަތަން ޑޭވިޑް ވަނީ އެޓީމުގެ ހަވަނަ ގޯލާއެކު ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ފަސޭހަކާއެކު ގަތަރުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. 

ގަަތަރުން މި މެޗު ނިންމާލީ ދެ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 33 ވަަނަ މިނިޓްގައި އެ ޓީމުގެ ހޮމާލް އެލް އަމީން އަށް ރަތެއް ދެއްކިއިރު، ދެ ވަނަ ހާފު ފަށައިގެން އަށް މިނިޓް ތެރޭ އެ ޓީމުގެ އާސިމް މޮޑީބޯ އަށް ވަނީ ރަތެއް ދައްކައިފަ އެވެ. ހޮމާމް އަށް ރަތެއް ދެއްކީ، ކެނަޑާގެ ޓަޖޯން ބުކާނަން އަށް ކުރި ފައުލަކަށެވެ. މޮޑީބޯ އަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކިއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރަތެއް ދައްކަން ނިންމުން ބަދަލުކުރީ އެވެ. 

ގްރޫޕް ބީގެ ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ކެނަޑާ އާއި ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސްވިޒަލެންޑުން ރޭ ވަނީ ބޮސްނިއާ އަތުން 4-1 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ބޮސްނިއާ އާއި ހަތަރެއްގައި އޮތް ގަތަރަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;