ads
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކީގައި ސޮއިކުރުން. - ފޮޓޯ:ސްޓެލްކޯ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވާކް އަޅަން ސްޓްލެކޯއަށް
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވުމުގެ ގޮތުން އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސްޓެލްކޯގެ ފަރާތުން އިއްޔެ މި އެއްބަސްވުމެއްގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް އެބަ އޮތެވެ. އެއީ އެންމެ ގިނަ ބަޔަކު މިހާރު އާބާދު ވަމުންދާ ސަރަޙައްދުވެސްް މެ އެވެ. މި ފަހުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގާފައިވަނީ ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ.

މާލެ ސަރަޙައްދުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން ހިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އެމާޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީ އިން މިއަދު ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފަ އެވެ. މިއާއިއެކު މި ކުންފުނީގެ ފަރާތުން މިއަދު ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;