މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ބަލި ކޮންޓްރޯލް ނުވެ އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 20 އަރާފައެވެ.
ހިމަ ބިއްސަކީ ފަސޭހަކަމާއި އެެކު ފެތުރޭ ބައްޔެއްކަމުން އެ ބަލިން ރައްކާތެރިވުމަށް ސިއްހީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ. އެގޮތުން ހިމަބިހީގެ ވެކްސިންގެ އިތުރު ޑޯޒެއް، ނަރުހުންނާއި ޑޮކްޓަރުން އަދި ސިއްހީ ދާއިރާގެ އެހީތެރިންނަށް އަންނަނީ ދެމުންނެވެ. އެގޮތުން މިހާތަނަށް 1،118 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 2 ބިދޭސީއަކުވެސް ހިމެނެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;