ads
"ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހު ބާއްވަން ވަނީ ނިންމައިފައި - ފޮޓޯ/ ދިރާގު
ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް އަންނަ އޮގަސްޓުގައި ބާއްވަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހުގެ 21އާއި 22ގައި ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު މާލޭ އޯޕަން" ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި ހިމެނެނީ:

  • 1 ކިލޯމީޓަރު 

  • 500 މީޓަރު 

  • 250 މީޓަރު 

  • މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ

މި ކެޓަގަރީތަކުގައި އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.

ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ.

މި މުބާރާތާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ސްވިމް މޯލްޑިވްސްއާ ގުޅިގެން "ދިރާގު މާލެ އޯޕަން" ސްވިމިން ކޮމްޕެޓިޝަންގެ ތިން ވަނަ މުބާރާތް އިއުލާނު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ފަދަ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ކުޅިވަރުގެ ޒަރިއްޔާއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދިނުން. މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލަށް ބަލާއިރު ފަތަން ދަސްކުރުމަކީ ވަރަށް މުހިންމުކަމަށް ވާތީ، ފެތުމަށް ހިތްޖެއްސުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި އެވެ.

ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ބޭއްވި 'ދިރާގު މާލެ އޯޕަން'ގެ ކާމިޔާބީ އާއި މުޅިން އަލަށް ރާއްޖޭގައި ބޭއްވި 'އޯޝަންމޭން މޯލްޑިވްސް' މެދުވެރިކޮށް ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ވަރުގަދަ ބިންގަލެއް ވަނީ އެޅިފަ އެވެ.

"މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މި ތިބީ މި އަހަރުގެ މުބާރާތައް ކުރިއަށް ވުރެ ގިނަ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ފެތުންތެރިންނަށް މަރުހަބާކިއުމަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މިފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;