ކުއްލި ގޮތަކަށް ނިޔާވީ ސިފައިންގެ ހިދުމަތުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ، އއ. ބޮޑުފޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. މި މަރުގެ އިތުރު ތަފުސީލެއް އަދި ނޭނގެ އެވެ.
ހުސައިން އަބްދުއްރަހުމާން ނިޔާވުމާ ގުޅިގެން ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށާއި ސިފައިންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔަވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައިކަމަށެވެ. އޭނާއަކީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިހުލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި ލޮބުވެތި އާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ރައީސްގެ ޕޯސްޓުގައިވަނީ ދުއާ ދަންނަވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;