ads
ކޮލަމްބިއާ އަދި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ/ އެންބީސީ
ފީފާ ވޯލްޑް ކަޕް: ކޮލަމްބިއާއިން އުޒްބެކިސްތާން ބަލިކޮށްފި
އުޒުބެކިސްތާ ބަލިކުރީ 3-1 ން
ފީފާ ވޯލްޑް ކަޕް 2026 ގައި ކޮލަމްބިއާ އަދި އުޒްބަކިސްތާން ކުޅުނު މެޗު ކޮލަމްބިއާއިން ކާމިޔާބުކޮށްފި އެވެ.
Advertisement

މެކްސިކޯގެ ތާރީހީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު "ގްރޫޕް ކޭ" ގެ މި މެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އުޒްބެކިސްތާންގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޑިނިއެލް މުނިއޯޒް ވަނީ ގޯލެއް ޖަހައި ކޮލަމްބިއާއަށް ލީޑު ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފަށައިން އުޒްބަކިސްތާނުން ކުޅުން ރަނގަޅުކޮށް ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އުޒްބަކިސްތާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ވޯލްޑް ކަޕުގައި އެގައުމަށް ޖަހާދިން ފުރަތަމަ ގޯލު ޖަހާދިނީ ފޭޒުއްލާ އެވެ. މިއީ އޭނާއަށްވެސް އަދި ގައުމަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

your imageކޮލަމްބިއާގެ ފޯވާޑް ހުއާން ކަމީލޯ ހެނާންޑޭޒް ބޯޅަ ފޮނުވާލަނީ. - ފޮޓޯ: އޭއެފްޕީ

އުޒްބަކިސްތާނުން ގޯލު ޖަހާ މާގިނައިރު ނުވަނީސް މެޗުގެ 65 ވަނަ މިނެޓުގައި ކޮލަމްބިއާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އުޒްބަކިސްތާނުގެ ގޯލު ކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށް ދިނީ ލުއިސް ޑިއާސްއެެވެ.

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ކޮލަމްބިއާގެ ޖަމިންޓަން ކަމްޕާޒް ވަނީ ބޮލުން ލަނޑެއް ޖަހައި އެ ޓީމަށް މޮޅު ތިން ޕޮއިންޓް ކަށަވަރުކޮށް ދީފަ އެވެ. 

ކޮލަމްބިއާއަކީ ވޯލްޑް ކަޕްގައި މިހާތަނަށް ހަ ފަހަރު ވާދަކޮށް، 2014 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ތަޖުރިބާކާރު ޓީމެކެވެ. އަނެއްކޮޅުން އުޒްބެކިސްތާނަކީ މިއަހަރު އަލަށް ވޯލްޑް ކަޕުން ޖާގަ ހޯދި، އޭޝިއާގެ އުންމީދީ ބާރެކެވެ.

ޕޯޗުގަލް އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވެސް ހިމެނޭ، ގުރޫޕްގެ އެއްވަނައިގައި އޮތީ ކޮލަމްބިއާ އެވެ. މިހާރު ކޮންމެ ޓީމަކުން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މެޗެއް ކުޅެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;