މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަހުމާން އެވެ.
ރައްޔިތުން މަޖިލިހުން ބުނީ މި ބިލަށް އާއްމުން ހިޔާލު ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފއިވާކަމަށެވެ. ބިލަޑް ހިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ލިޔުމުން ހިޔާލުތައް ހުށައެޅޭނެކަމަށް ރައްޔިތުން މަޖިލީހުން ވަނީ ބުނެފައެވެ.
ސައިބާ ސެކިއުރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ އިއްޔެއެވެ.
ބިލުގެ މައިގަނޑު އެއް މަގްސަދަކީ ރައްޖޭގެ ސައިބާ ވެށީގެ ސަލާމަތްތެރިކަން ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ. އެ ބިލުގައި ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި، މި ނިޒާމްގައި ހިމެނޭ ފަރާތްތަކާއި، އައިޑެންޓިޓީ މަޢުލޫމާތު ފޯރުކޮށްދޭ ފރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ވަނީ ތަފްސީލްކޮށްދީފައެވެ.
ހަމައެހެންމެ، އައިޑެންޓިޓީ ބޭނުން ކުރުން މަނާ ހާލަތުތަކާއި، ޒާތީ މައުލޫމާތު ބޭނުން ކުރުން މަނާ ހާލަތުތައް އެ ބިލުގައި ތަފްސީލްކޮށް ބުނެދީފައި ވެއެވެ.
ސައިބާ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ހާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި ލައިސަންސް ނެތި ހިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;