ads
ޔޮޝިތާ
ރާޖަޕަކްސަގެ ދަރިއަކު ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
Advertisement

އުމުރުން 38 އަހަރުގެ ޔޯޝިތަ ރާޖަޕަކްސަގެ މައްޗަށް ތުހުމަތު ކުރެވެނީ، އޭނާގެ ކަނޑުގެ ސިފައިންގެ ތެރޭގައި އުޅުނު އިރު ގައުމުން ބޭރުން ތަމްރީނު ހޯދުމަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ. 

އޭނާއަކީ މަނީ ލޯންޑަރިންގެ ދެ މައްސަލައެއްގައި މީގެ ކުރިން ވެސް ދައުވާ އުފުލި، ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ މީހެކެވެ. އަދި އޭނާ ހައްޔަރުކުރުމާއި ހަމައަށް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

އިއްޔެ ހައްޔަރަށް ގެންދިއުމަށްފަހު މިއަދު ވަނީ ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށް ދޫކޮށްލައިފަ އެވެ. ފުލުހުންގެ ތަރުޖަމާނު އެފް.ޔޫ. ވޫޓްލާ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިހާރު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު 2024 ވަނަ އަހަރުގެ އިންތިހާބު، ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ކާމިޔާބު ކުރެއްވި ފަހުން، ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް ހުރި މައްސަލަތައް ބެލުން ވަނީ ވަރަށް ބޮޑަށް ހަލުވިވެފަ އެވެ.

މީގެ އިތުރުން ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާ ގުޅިގެން، ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ (މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ) އާއި އަސްކަރީ ދެ އޮފިސަރަކު ގައުމުން ފުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

އީސްޓާ ސަންޑޭގައި ދިން ނިރުބަވެރި ހަމަލާއަކީ ލަންކާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ނިރުބަވެރި ހަމަލާއެވެ. އެ ހަމަލާއާ ގުޅޭ މައްސަލަ ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

އެ ހަމަލާދިން އިރު، ލަންކާގެ ރައީސްއަކީ މައިތްރިޕާލާ ސިރިސޭނާ އެވެ. ގޮޓާބަޔާ ވެރިކަމަށް ވަޑައިގެންނެވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;