ads
ރޭގެ މެޗު އެއްވަރުވުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެރަވެފައި
ޕޯޗުގަލް އަށް ލިބުނީ އުއްމީދުކުރި ފަދަ ފެށުމެއް ނޫން: ރޮނާލްޑޯ
ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެއްވަރު ކުރުމުން އެއީ އުއްމީދުކުރި ފަދަ ފެށުމެއް ނޫން ކަމަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
Advertisement

52 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުޅުނު ކޮންގޯ އިން ވަނީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށް ބެލެވޭ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅޭ ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓައިފަ އެވެ.

1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޮންގޯއިން ދެއްކީ ވަރުގަދަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާތާ މަސުއާކޫގެ ހުރަހަކުން ޔޮއާން ވިއްސާ ބޮލުން ޖެހި ލަނޑާއެކު ކޮންގޯއިން ވަނީ ތާރީހީ ނަތީޖާއެއް ހޯދާފަ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި އެ ގައުމުން ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެކަމަކު މެޗުގައި މާބޮޑު އޭނާއަކަށް ނުކުރެވުނެވެ. ކޮންގޯގެ ޓެކްޓިކަލް ރޭވުމުގެ ސަބަބުން ރޮނާލްޑޯ ހުރީ މުޅިން އެކަހެރިވެފަ އެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ އަށް ބޯޅައިގައި ފައި ޖައްސާލެވުނީ އެންމެ 16 ފަހަރެވެ.

މެޗަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނީ ޕޯޗުގަލް އަށް ލިބުނީ އެންމެ އުއްމީދުކުރި ފަދަ ފެށުމެއް ނޫން ކަމަށާއި ނަމަވެސް، ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައިގެން އަދި ނުވާނެ ކަމަށެވެ. އަދި ހިތްވަރު އެލުވާނުލައި، ދެން އޮތް މެޗަށް ފުރިހަމައަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ދެން އޮތް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 23 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 22:00 ގައި އުޒްބެކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ޕޯޗުގަލް ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

އަނެއްކޮޅުން ކޮންގޯގެ ދެވަނަ މެޗު އޮންނާނީ ޖޫން 24 ވާ ބުދަ ދުވަހުގެ ދަންވަރު ރާއްޖޭގަޑިން 03:30 ގައި ކޮލަމްބިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖު ނިންމާލުމަށް ކޮންގޯ ކުޅޭ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 04:30 ގައި ބައްދަލުކުރާނީ އުޒްބެކިސްތާނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;