ގާނާ އާއި ޕެނަމާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ނެރުނު ގޯލު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ.
ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، އަސަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެނަމާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ގާނާއަށް ލީޑު ހޯދައިދިނީ ކަލެބް ޔިރެންކީއެވެ.
ގާނާގެ ކީޕަރު ލޯރެންސް އާޓީ ބޯޅަ މަތާކުރަނީ. އަނިޔާގެ ސަބަބުން އޭނާ އަށް ކުޅެވުނީ ފުރަތަމަ ހާފު އެކަނި - ފޮޓޯ: ކޯލް ބާސްޓަން / އޭއެފްޕީ
ގާނާގެ އެއްވަނަ ކީޕަރު ލޯރެންސް އާޓީ ޒިގީއަށް އަނިޔާވެ މެޗުގެ ފުރަތަމަ ހާފަށް ފަހު ބަދަލުކުރަން ޖެހުނު އިރު، މިއީ ގާނާ އިން އެ ޓީމުގެ މުހިންމު ތަރި ތޯމަސް ޕާޓޭ ނުލައި ކުޅުނު މެޗެކެވެ. ޕާޓޭ އަށް މި މެޗު ގެއްލުނީ ކެނަޑާ ވިސާ ހަަމަނުޖެހުމުންނެވެ.
މެޗަށް ފަހު ޕާޓޭ ވަނީ ގާނާ އަށް އެކި ގޮތްގޮތުން ދިމާވި ގޮންޖެހުންތަކަށް ފަހު ވެސް މެޗުން މޮޅުވެވުނީތީވެ އުފާކުރާ ކަމަށާއި މި މޮޅު ގާނާ އަށް "ހައްގު" ކަމަށް ބުނެފަ އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ވަރުގަދަ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;