ads
ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލަކު ސިޓީ، އެއާޕޯޓު ސަރަހައްދުގައި ހުޅުވި އޭޓީއެމް - ފޮޓޯ: ބީއެމްއެލް
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި
ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ. މިއީ ފުވައްމުލަކު ސިޓީގައި ހުޅުވި 4ވަނަ އޭޓީއެމް އެވެ.
Advertisement

ބީއެމްއެލްއިން ބުނީ، މާލެއާއި އަތޮޅުތަކުގައި އޭޓީއެމް ހިދުމަތް ބޭނުންކުރަމުންދާ މިންވަރު އިތުރުވުމަކީ ރައްޔިތުން މިކަން ބަލައިގެންފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިންވަނީ ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއްވެސް ހުޅުވައިފައެވެ.

މި ސަރުކާރުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ނަމުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫޢެއް ފައްޓަވާފަ އެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި އެންމެ 9 މަސް ދުވަހުގެ ތެރޭގައި 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިންމާފައިވާކަމަށް ބޭންކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;