ވިޔާފާރިތަކަށް ގޭސް ވިއްކާ އަގަށް ބަދަލުތައް ގެނައި ނަމަވެސް އާއްމު ގޭބިސީތަކަށް ގޭސް ވިއްކަމުން ގެންދާ އެއްވެސް އަގަކަށް ބަދަލެއް މޯލްޑިވް ގޭހުން ގެނެސްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އަގު ބޮޑުކުރީ ރިސޯޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގުތަކެވެ.
ވިޔަފާރިތަކަށް އެންމެ ގިނައިން ގަންނަ 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 25 އިންސައްތަ ބޮޑުކޮށްފައެވެ. މި ބަދަލާއި އެކު މިހާރު 45 ކިލޯގެ ފުޅިއެއް ގަންނަން ލިބެނީ 1،314ރ އަށެވެ.
22ކިލޯގެ ގޭސް ފުޅިއެއް މިހާރު ގަންނަން ލިބެނީ 500ރ. އަށެވެ. މީ ކުރިން ވިއްކަމުން އައި އަގަށްވުރެ 15 އިންސައްތަ ބޮޑު އަދަދެކެވެ.
އެނގިފައިވާ ގޮތުގައި ގޭހުގެ އަގަށް މި ބަދަލުތައް ގެނެސްފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމުގައި ދަތިވެ ރާއްޖެއަށް ގެންނަ ކުރަންޖެހޭ ހޭދަ ބޮޑުވުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;