މި ބޮޑު އިމްތިހާނުގައި މައްސަލަތައް ދިމާވުމާއި، ހައިސްކޫލް އިމްތިހާނުތަކުގެ މާކްސް ދިނުމުގައި ދިމާވި އެހެން މައްސަލައަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެ، އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) ގެ ލަފާގެ މަތިން، އިންޑިއާގެ އައިޓީ މިނިސްޓްރީން ވަނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ޓެލެގްރާމަށް ނުވަދެވޭ ގޮތް ހަދާފަ އެވެ.
އިންޑިއާގެ ސަރުކާރުން މިކަން އިއުލާން ކުރިތާ އެތައް ގަޑިއިރެއް ފަހުންވެސް އެ ގައުމުގައި ޓެލެގްރާމް ބޭނުންކުރެވެމުންދިޔައިރު، މި ހިފެހެއްޓުން ތަންފީޒު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެހެންނަމަވެސް، މި ފިޔަވަޅާއެކު، އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް އޮންނަ އެންމެ މުހިންމު އިމްތިހާނު ކަމަށްވާ (ނީޓް-ޔޫޖީ) އާއި އެކަމާ ގުޅިފައިވާ ހޫނު ބަހުސްތައް އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ.
އިލެކްޓްރޯނިކްސް މިނިސްޓްރީގެ މި ނިންމުމަށް ރައްދު ދެއްވަމުން ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ދޫރޯވް ވިދާޅުވީ، އެއް ހަފްތާގެ މި ފިޔަވަޅުން ވާނެ "އެއްވެސް އާ ކަމެއް ނެތް" ކަމަށެވެ. މިކަމުގެ ސަބަބުން އަދަބު ލިބެނީ އިންޑިއާގައި ޓެލެގްރާމް ބޭނުންކުރާ 150 މިލިއަން އާންމު ރައްޔިތުންނަށް ކަމަށާއި މިއީ އިމްތިހާނު ކަރުދާސްތައް ލީކުކޮށްލި މީހުންނަށް ދެވޭ އަދަބެއް ނޫން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެލެގްރާމް ބޭންކުރުމާ ގުޅިގެން އިންޑިއާގެ ބައެއް ޓެކްނޮލޮޖީ މާހިރުންނާއި އިންޓަނެޓް މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މައްސަލައިގެ އަސްލު ހައްލެއް ނޫން ކަމަށާއި، މިއީ މުވާސަލާތީ ވަސީލަތެއް ބަންދުކޮށްގެން ހައްލުވާނެ ކަމެއް ނޫން ކަމަށެވެ.
އިންޑިއާގެ ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ "އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން" (އައިއެފްއެފް)އިން ވަނީ މި ނިންމުމަކީ ދެފުށް ފެންނަ ނިންމުމެއް ނޫން ކަމަށާއި، މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;