ads
ރިޒާވް އިތުރުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އިގްތިސާދާ މެދު އައިއެމްއެފްގެ ބޮޑު އުންމީދެއް!
ރިޒާވް އިތުރުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އިގްތިސާދާ މެދު އައިއެމްއެފްގެ ބޮޑު އުންމީދެއް!
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު މާޔޫސް ނުވާ ކަމަށާއި އަންނަ އަހަރުން ފެށިގެން އާންމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
Advertisement

އައިއެމްއެފް އިން މިކަން ފާހަގަކޮށްފައިވަނީ 2026 ވަނަ އަހަރުގެ އާރޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ އިގުތިސާދީ ހާލަތު ދިރާސާކުރުމަށްފަހު އެކުލަވައިލި ވަގުތީ ރިޕޯޓުގަ އެވެ.

އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހު ރާއްޖެއިން ވަނީ މާލީ ގޮތުން ދަތި އުނދަގޫ ދުވަސްތަކެއްގައި ވެސް އިގްތިސާދީ ވިލުންތެރިކަން ނުވަތަ ރެޒިލިއަންސް ހުރިކަން ސާބިތުކޮށްދީފައެވެ.

"ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މައިކްރޯ އިކޮނޮމިކް އަދި މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ސާބިތުކަން ދައްކުވައިދީފަ." އައިއެމްއެފް ރިޕޯޓުގައި ވެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމުން، އައިއެމްއެފުން ވަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކޮށްފަ އެވެ.

އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީ އަށް ކުރާ ހޭދަ ކުޑަކުރުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށްވެސް އައިއެމްއެފުން ބުނެފައިވެ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކް ބޮންޑާއި ލޯނުތައް ގަވާއިދުން ދައްކަމުން ދިއުމަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

އައި.އެމް.އެފްގެ މި މިޝަންގެ މަންދޫބުން ޖޫން މަހުގެ 4 އިން 14 އަށް މާލެއަށް ކުރެއްވި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، ސަރުކާރުގެ އިސް އޮފިޝަލުން، އަމިއްލަ ދާއިރާގެ މަންދޫބުން އަދި ތަރައްގީގެ ބައިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;