މި މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވާ 8 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެ އަށް މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހިމެނއެވެ.
މި އެންމެންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުން
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު މެމްބަރު މައުރޫފް ޒާކިރާ ފިޔަވާ ދެން ތިއްބި އެންމެން ވަނީ މިއަދު ކޯޓަށް ހާޒިރުވެފައެވެ.
މި މައްސަލާައި މިއަދު ކޯޓަށް ހާޒިރުވި މީހުންގެ ތެރެއިން ތިން މީހަކު ވަނީ ދައުލަތާއިއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައެވެ. އެ އެއްބަސްވުން އެކުލަވާލަން އެދުނީ އަލީ ނައުފަލާއި އަލީ މުއައްވަޒާއި ހުސައިން ރަޝީދެވެ. އެހެންނަނަމަވެސް އެ އެއްބަސްވުން ހަދަން އެމީހުން ޕީޖީ އޮފީހަށް ފޯމު ހުށައެޅީ ރޭގައި ކަމުން ޕީޖީ އޮފީހުން ވަނީ އަދި އެކަމަށް ގޮތެެް ނުނިންމައެވެ.
ދެން ތިބި ހަތަރު މީހުން އެދުނީ ވަކީލަކާއި އެކު ކުރިޔަށް ދިޔުމަށް ވަކީލަކު އައްޔަންކުރުމަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެމީހުން ވަކީލަކު ހަޖައްސަން ދެއްވީ 10 ދުވަހުގެ މުއްދަތަކެވެ. އެހެންނަމަވެސް މައްސަލަ ދެން ބާއްވާނީ އެއަށްވުރެ ދިގު މުއްދަތެއް ލިބޭގޮތަށްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;