ads
މެސީގެ ހެޓްރިކަށް ފަހު ކުޅުންތެރިންނާ އެކު އުފާފާލުކުރަނީ - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕް: މެސީގެ ރިކޯޑު ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާއަށް ރަނގަޅު ފެށުމެއް!
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަނުން އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފި އެވެ.
Advertisement

ތަށި ދިފާއުކުރަން ނުކުތް އާޖެންޓީނާގެ ފުރަތަމަ މެޗުގައި އަލްޖީރިޔާ 3-0އިން ބަލިކުރި އިރު އެ ތިން ލަނޑު ވެސް ޖެހީ އުމުރުން 38 އަހަރުގެ މެސީ އެވެ. މިއީ ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ހެޓްރިކެވެ. އޭނާގެ ހަވަނަ ވޯލްޑް ކަޕެވެ. މިއީ ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ.

މެސީ ވަނީ މިއަދު ހެނދުނު ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި އާޖެންޓީނާ އަށް ލީޑު ނަގައިދީފަ އެވެ. އެއަށް ފަހު 60 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 76 ވަނަ މިނިޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މި މެޗުގައި މެސީ ހެދި ހެޓްރިކަކީ ވޯލްޑް ކަޕެއްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މީއީ މި މުބާރާތުގެ އެންމެ ފުރަތަމަ ހެޓްރިކެވެ. 

your imageވޯލްޑް ކަޕުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު މެސީ އާއި އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ރޮއިޓަރސް


މީގެ ކުރިން ނިއު ޖާޒީގައި ކުޅުނު މެޗުގައި ފްރާންސްގެ އެމްބާޕޭ ދެ ލަނޑު ޖަހައި ހެޑްލައިންތައް ހޯދާފައިވަނިކޮށް، އެމެރިކާގެ ފަސްގަނޑުގައި މެސީ ދެއްކި މި މޮޅު ކުޅުމާއެކު އަނެއްކާވެސް ފުޓްބޯޅައިގެ ރަސްގެފާނަކީ އޭނާކަން މުޅި ދުނިޔެއަށް މިވަނީ ސާބިތުކޮށްދީފި އެވެ.

އަލްޖީރިއާ އިން ދެ ވަނަ ހާފުގައި ރިޔާދު މާރޭޒް އާއި އޮސާމް އައުއާރު ކުޅެން އެރުވި އެވެ. އަދި، އޭގެ ފަހުން، އެ ޓީމުން ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން އެޓޭކް ކުރެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް، އާޖެންޓީނާގެ ކީޕަރާއި ޑިފެންޑަރުން ވަނީ މި ހަމަލާތައް ހުއްޓުވާފަ އެވެ.

މި ގްރޫޕުގައި އާޖެންޓީނާ އާއި އަލްޖީރިއާއާއެކު ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާއެވެ. ޖޯޑަން އާއި އޮސްޓްރިއާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;