މައުރޫފު އަދި ޒާޔާ ހިމެނޭހެން ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރިއަތް އޮތީ މިއަދު ހެނދުނު 10 ޖަހާއިރުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުވެސް ގަޑިއެވެ. މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް އެބައޮތެވެ.
މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ، މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ އިތުރުން އެހެން ބަޔަކު ވެސް އެ ރޭ ހައްޔަރުކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;