މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލު ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ ނައްތާލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަހަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.
މާލެ ސިޓީއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;