ads
އަހުމަދު އީސަ (އާނަންދު)
ނަހުލާގެ މަޖުނޫނުން އާނަންދު ފެންނާނެ!
މަޝްހޫރ ފިލްމު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު މަޖުނޫނުން އަހުމަދު އީސަ (އާނަންދު) ފެނިގެންދާނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަންޓީމުން އިއުލާނުކޮށްފި އެވެ.
Advertisement

އެ ޕްރޮޑަކްޝަނުން އިތުރަށް ބުނިގޮތުގައި އެ ފިލްމުގައި އޭނާ ފެނިގެންދާނީ މާނިއުގެ ގޮތުގައި ކަމަށާއި މާނިއުއަކީ ވަރަށް ވަފާތެރި ފިރިއެއް އަދި ރަނގަޅު ބައްޕައެއްގެ އިތުރުން އޭނާ އަކީ މިލީ އާއި މަހޭގެ އެންމެ ބޮޑު ބޭބެ ކަމުގައި އެވެ. 

މީގެ 15 ވަރަކަށް އަހަރު ކުރިން ހިންގާފައިވާ ހަދީސާ އަކާއި ގުޅިގެން ފޮރުވިފައިވާ ސިއްރުތައް ހާމަ ވުމުން އޭނާ އެކަމާއި ކުރިމަތިލުމަށް ކުރާ ކަންކަން މި ފިލްމުން ފެނިގެންދާނެ ކަމަށް އެ ޓީމުން ވަނީ ފާހަގަ ކޮށްފައި އެވެ. 

ވަޅުލެވިފައިވާ ބިރުވެރި ހާދިސާއަކާއި، އޭނާ ހިތުގެ އަޑީގައި ފޮރުވައިގެން އުޅުނު ކުށްވެރިކަމުގެ އިހުސާސްތައް އަލުން ތިލަވުމުން، މާނިއުއަށް މަޖުބޫރުވަނީ އޭނާ އެންމެ ޖެހިލުންވާ ހަގީގަތްތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ޓީމުން ބުނެ އެވެ. 

ނަހުލާ އަކީ އޭނާ ގެ ފިލްމުތަކަށް ލޯބި ކުރާ އޯޑިއަންސްއަށް ސަޕްރައިސް ތަކެއް ދޭ ޑައިރެކްޓަރެކެވެ. އެހެން ކަމުން މިފަހަރުވެސް އޯޑިއަންސް މި ތިބީ އެކަމަށް ތައްޔާރު ވެގެން ނެވެ.

މި ފިލްމު ލީޑް ކާސްޓުންގެ ގޮތުގައި އަދި އިއުލާނުކޮށްފައިވަނީ ނަހުލާ އެންމެ ފަހުން ނެރުން ފިލްމު "ސޮރީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލާލި އާއި އެވްލީ ގެ އިތުރުން ލީޑް އެކްޓްރެސް އެއްގެ ގޮތުގައި ފެނިގެންދާ ޝިފާ އަދި ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ޝާރިފްގެ ނަމެވެ. 

ނަހުލާ ފާހަގަ ކުރި ގޮތުގައި މި ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މި ފިލްމުގެ ލީޑް އެކްޓަރު ހޯދުން ކަމުގައި އެވެ. ސަބަބަކީ މި ފިލްމަކީ ރާއްޖެއަށް އާ ވައްތަރެއްގެ ފިލްމަކަށް ވާތީ ކަމަށާއި މި ފިލްމުގެ ލީޑް އެކްޓަރު ތަފާތު މޮޅު އެކްޓިންއެއް ދައްކަން ޖެހޭތީ ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

މީގެ އިތުރުން މި ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތުން އެ ކެރެކްޓާ އަށް ބޭނުންވާ ވަރުގެ އަސަރެއް ގެނެވޭވަރުގެ ބަތަލެއް ހޯދުން އެއީ ވަރަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ނަހުލާ ބުނި އެވެ. 

ނަހުލާ ފާހަގަ ކުރި ގޮތުގައި މި ފިލްމުގައި އިތުރު ތަރިންތަކެއްގެ ފެނިގެންދާނެ ކަމުގައި އެވެ. 

ޑައިރެކްޓަރެއްގެ ގޮތުގައި ރަސްމީކޮށް ނަހުލާ ފިލްމީ ދާއިރާ އަށް ނުކުތީ 1998 ވަނަ އަހަރު ލިޔެ ޑައިރެކްޓްކުރި "ފަހުނޭވާ" އިންނެވެ. އޭނާގެ ދެ ވަނަ ޑައިރެކްޝަނަކީ 2001 ވަނަ އަހަރު ގެނެސްދިން "ނާއުއްމީދު" އެވެ. އޭނާ ލިޔެ ޑައިރެކްޓްކުރި ތިން ވަނަ ފިލްމަކީ "ކަލާޔާނުލާ"އެވެ. އޭގެ ފަހުން "ޒުލޭހާ"، "ޔޫސުފް"، މި ނޫންވެސް އެތައް ފިލްމެއް ނެރެ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

މި އަހަރު އޮކްޓޫބަރު މަހު 26 ވަނަ ދުވަހު ނެރެން ހަމަ ޖެހިފައިވާ މި ފިލްމު ގެ ސޫޓިން އަށް އަންނަ މަހުގެ 3 ވަނަ ދުަވަހު އަތޮޅު ތެރެއަށް ފުރަން ވަނީ ހަމަޖެހިފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;