ads
ޖަންނަތުގެ ޓީޒަރު ޕޯސްޓަރު
ޖަންނަތުގެ ޓިކެޓް އޮންލައިކޮށް ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޑާކް ރެއިން އެންޓަރޓެއިންމަންޓުން އަޅުވަން ތައްޔާރު ވަމުން އަންނަ ފިލްމު "ޖަންނަތު" ގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ޑާކް ރެއިން ހާމަކޮށްފައިވާ ގޮތުގައި ޓިކެޓް ބުކިންގްސް ހެދުމަށް 9911229 އަށް ފިލްމު ބަލަން ބޭނުންވާ ތާރީހާއި ބޭނުންވާ ޝީޓުގެ އަދަދު އަދި ގުޅޭނެ ފޯނު ނަމްބަރު ވައިބާ ކުރުމަށް ވަނީ އެދިފަ އެވެ.

މި ފިލްމުގެ ޓީޒަރު ދާދި ފަހުން އާންމުކޮށްފައިވާ އިރު މި ޓީޒަރަށް ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައި އެވެ. 

މި ޓީޒަރުން ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކާއި އޭނާގެ ދަރިފުޅާއި އޮންނަ ގާތް ގުޅުމެވެ.

މިޓީޒަރާއި އެކު ލާފައިވާ ލިޔުން ކޮޅުގައި ޑާކް ރެއިން ބުނެފައިވަނީ މި ޓީޒަރުން ފެނިގެން ދަނީ ޖިބްރީން އަދި ޖަންނަތު ކުލަ ގަދަ ދުނިޔެއިން ކުޑަ ތަންކޮޅެއް ކަމުގަ އެވެ. 

މި ފިލްމު އާންމުންނާއި ހަމަޔަށް އަންނާނީ މި އަހަރުގެ އޮގަސްޓު މަހުގެ 3 ވަނަ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ. 

މި ފިލްމަކީ އައިސަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު ލިޔެ އަލީ ޝަފީއު ޑިރެކްޓުކޮށްފައިވާ ވަރަށް ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ. 

މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.

މި ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;