"ޕިޗު ފޯ ޕާޕަސް"އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކޮށްފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައި "ޕިޗް ފޯ ޕާޕަސް" އިފްތިތާހް ކޮށްފައިވާއިރު، މި ޕްލެޓްފޯމް މެދުވެރިކޮށް މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ އަމިއްލަ ހިޔާލުތަކާއި ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
"ޕިޗު ފޯ ޕާޕަސް" ޕްލެޓްފޯމް ތައާރަފްކުރުމަށް ބޭއްވި ހަފްލާ - ފޮޓޯ/ދިރާގު
މި ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދޭނެ އެވެ. މީގެ ސަބަބުން، މުވައްޒަފުންގެ ހިޔާލުތައް މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބޭރުން މުވައްޒަފުން ބޭނުންވާ، މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެ، އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން ބުނީ "ޕިޗް ފޯ ޕާޕަސް" ގެ ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް އެ ކުންފުނިން ކުރިއަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ސަބަބުން، މުވައްޒަފުންގެ ހިޔާލުތައް މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ މުހިންމު މަސައްކަތްތަކަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓްފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދު ވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;