މި ތާރީހީ ނިންމުމާ ގުޅޭގޮތުން، ސުލުހައިގެން މެދުވެރިއެެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެ ފަރާތުން ވެސް އަސްކަރީ ހަރަކާތްތައް ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި، ރަސްމީކޮށް މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން މުޅި ސަރަޙައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި، މިއެއްބަސްވުމުގެ ދަށުން ލުބުނާންވެސް ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލެވޭނެ އެވެ.
މީގެ އިތުރުން އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އީރާނަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް 30 ދުވަސް ތެރޭގައި ނިމުމަކަށް އަންނާނެ އެވެ. އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ހާމަވެގެންދާނެ ކަމަށް ބެލެވެ އެވެ.
ދުނިޔެއަށް ތެޔޮ ބޭރުކުރާ އެންމެ ބޮޑު ކަނޑުއޮޅި - ފޮޓޯ: ރޮއިޓާސް
ޓްރަމްޕް ވެސް ވަނީ ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގެ މައި މަގު ކަމަށްވާ އަދި އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒް ކަނޑުއޮޅި އަންނަ ހުކުރު ދުވަހު ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އިއުލާނާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ބްރެންޓް ކުރޫޑާއި އެމެރިކާގެ ކުރޫޑްގެ އަގު ވަނީ 4 އިންސައްތަ އަށް ވުރެ ބޮޑަށް ވެއްޓިފަ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ވަނީ އެމެރިކާ އާއި އިރާނުން ސުލުހައިގެ އެއްބަސް ވުމަކަށް އާދެވުމުން، މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;