ads
މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް އެރަަށް ވަޑައިގެންފި
ދ. މީދޫ ރަށު ކައުންސިލުގެ ރައީސްގެ ހޮވަން ދެވަނަ ފަހަރަށް ވޯޓްލައިގެން އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންފިއެވެ.
Advertisement

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓްލާފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ސުހާއާއި ވާދަކުރީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. އަލުން ވޯޓްލުމުން ސުހާއަށް ވަނީ 529 ވޯޓް ލިބިފައެވެ. ޝާހިދަށް ލިބުނީ 449 ވޯޓްއެވެ. ސުހާ ކައުންސިލްގެ ރައީސްކަމަށް ހޮވުމުން މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ލިބުނީއެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

އެހެންކަމުން އެ މައްސަލަ ޕީއެންސީން ހައިކޯޓަށް ހުށައެޅި އެވެ. އެ ކޯޓުން އިއްވި ހުކުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި ނިންމުމާއި އެއްގޮތަށް އަލުން ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން މައްޗަށް ވަނީ އަމުރުކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;