އއ އަތޮޅުގައި ސަމްޕާގެ ނަމުން ނަންދީފައިވާ ސަރަހއްދަކީ ހިމަޔާތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ 2009 އަހަރުއެވެ. ހިމާޔަތްކޮށްފައިވަނީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އެ ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ އެ ސަރަހައްދެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ފަތުރުވެރިންނެެއް އެ ސަރަހައްދަށް ދެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ދެކުނު އަރިއަތޮޅުގެ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދު (SAMPA) މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ރޭންޖަރުންނާއެކު ފުލުހުން ބައިވެރިވާން ފަށައިފައިވާކަމަށެވެ.
މި ނިންމުމާއެކު، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތައްތައް
މީގެ އިތުރުން، މޫދުގައި އުޅޭއިރު ހިފަހައްޓަންޖެހޭ އަހުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކަކީ ދެކުނު އަރިއަތޮޅުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.
ސަމްޕާގެ ނަމުން ނަންދީފައިވާ ސަރަހައްދު ބަލަހައްޓަން ފުލުހުން ނުުކުމެފައި މިވަނީ އެ ސަރަހައްދުގައި ބައެއް ހާދިސާތައް ހިނގާ ފަތުރުވެރިންް މަރުވެފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރު އެ ސަރަހައްދަށް ފޭބި މީހެއްގެގައި ލޯންޗެއްގެ ބުރަފަތިން ޖެހި ލިބުނު ޒަހަމްތަކުގައި އެމީހާ ވަނީ މަރުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;