ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބުދަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް، މިނިސްޓްރީން ވަނީ އެދިފަ އެވެ.
މި މުބާރާތުން އެއްވަނަ ޓީމަކަށް 30،000ރ، ދެވަނައަށް 25،000ރ، އަދި ތިންވަނައަށް 20،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި އެންމެ ބަރު މަސް ބާނާ މަސްވެރިޔަކަށް 5،000ރ. ދޭނެ އެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3339225 ނުވަތަ 3339272 އާ ގުޅުއްވައިގެން ސާފުކުރެއްވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ އަށްވަނަ ދުވަހެވެ. ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ފެށީ 1992ވަނަ އަހަރުން ފެށިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;