ads
ރައީސްގެ ދެކަނބަލުން، ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރެއްވުން
ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު، ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.
Advertisement

ދުނިޔޭގެ ޑޯނަރުންގެ ދުވަސް މިއަދު ފާހަގަކުރިއިރު ލޭގެ ދަތިކަން އިންތިހާއަށް ބޮޑުވެ ތެލެސީމިއާ ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ދޭތެރެއަކުން އާންމުންގެ އެހީތެރިކަމަށް ވެސް އެދެ އެވެ. 

އެ ކުދިން ބުނާ ގޮތުގައި އެ މައްސަލަ ބޮޑުވެފައި ވަނީ އަބަދު އެއްބަޔަކު ލޭ ހަދިޔާކުރަންޖެހޭތީ އެވެ. އެހެންވެ، ސިއްހަތު ރަނގަޅުކޮށް ތިބޭ ނަމަ ލޭ ހަދިޔާކުރަން އެދިފައިވެ އެވެ. 

ހުޅުމާލޭ އޮރެންޖު ހިޔާގައި ހިންގަމުންދާ މި ސެންޓަރަށް ކުރެއްވި ޒިޔާރާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް، ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ. 

ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ސިއްހީ ކަންކަމާއި ސިއްހަތާއި އާއިލާއާއި އިޖުތިމައީ އެހީއާބެހޭ ވަޒީރު، ގީލާ އަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. ޗީފް ގަވާންމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފްވެސް، މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، އެތަން ރަސްމީކޮށް ހުޅުވީ 25 މޭ 2025 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;