ads
ބީއެމްއެލް ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކޮށްގެން ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތްކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ހަތް ހަފްތާގެ މުއްދަތަށް، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރާ ކަސްޓަމަރުންނަށެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތް ކުރަންޖެހޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެން އަދި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން އެ ޕްރޮމޯޝަން ފަށައިފައިވަނީ، އެ ބެންކަށް ލިބޭ ޑޮލަރުގެ ނިސްބަތުން ބަލާއިރު ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް މަތިވެފައިވާ ކަމަށް ބުނެ، ފިޔަވަޅުތަކެއް އަޅައިފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު މަދުކުރުމާ ގުޅިގެން، ގިނަ ބަޔެއްގެ ނުރުހުން ވަނީ އެ ބެންކަށް އަމާޒުވެފަ އެވެ.

ބީއެމްއެލްއިން އަންނަނީ އެ ފިޔަވަޅުތައް އަޅަނީ ކޮންމެހެން އަޅަން ޖެހުމުން ކަމަށް ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;