އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި އިބްރާހިމް މުހައްމަދުއެވެ.
ފޯރިގަދަ ކެމްޕެއިންއަކަށް ފަހު މިއަދު ކުރިޔަށްދިޔަ އިންތިހާބުގެ މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ މުހައްމަދު ނަޝީދު(އައްނި)އެވެ. މިހާތަނަށް 48 ފޮށީގެ ނަތީޖާ ލިބިފައިވާއިރި ނަޝީދަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދޫ އުޅެނީ 1700 މަތީގަ އެވެ. މީކާއީލަށް މިހާތަނަށް ލިބުނީ 700 ވޯޓް އެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
މި އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައި، އެމްޑީޕީ އަނެއްކާވެސް "ވަރުގަދަ" ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.
ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;