އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު 14:30 އިން މިރޭ 20:30 ކުރިޔަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނަން ފަށާނެއެވެ.
މި އިންތިހާބުގައި ވޯޓްލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް އޮތް ލީޑާޝިޕަކާއިއެކު އެމްޑީޕީއާއި އެކު ކުރިޔަށް ވަޑައިގަންނަވާނެކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބު ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރިޔަސް އެމްޑީޕީ ފައިދާވާނެ ކަމަށެވެ. އެގޮތުން މީކާއީލް އިންތިހާބުވެއްޖެނަމަ ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕު ދާއިރު، ނަޝީދަށް ކާމިޔާބުވެއްޖެނަމަ، އެމަނިކުފާނު ވަޑައިގަންނަވާނީ ވެރިކަމުގެވެސް ތަޖުރިބާއާއެކީގައި ކަމަށް ސާލިހް ވިދާޅުވިއެވެ.
ރައީސް ސާލިހް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް އޮތީ އެއް ގިއަރު ކުރިއަށް ޖައްސަން ޖެހިފައިކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;