މި އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންތިހާބުގެ ވޯޓުލުން މިއަދު 14:30 އިން މިރޭ 20:30 ކުރިޔަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނަން ފަށާނެއެވެ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭގެ އިތުރުން ލަންކާގައިވެސް ވަނީ ވޯޓް ފޮއްޓެއް ބަހައްޓާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;