ads
ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް-- ފޮޓޯ: ޑެއިލީ މިރާ
ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކަށް ހޮނުއަޅައިފި
އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ހޮނު އެޅުމުގެ ސަބަބުން، ރޭ ދަންވަރު އިމަޖެންސީގައި އެ ބޯޓު އަނބުރާ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
Advertisement

ލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި ޔޫއެލް 606 ފްލައިޓަށް ހޮނު އަޅާފައިވަނީ ރޭގެ ވަގުތެއްގައި އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެވެ. ސްރީލަންކަން އެއާލައިންސުން މިއަދު ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޯޓުގެ މިސްރާބު ބަދަލުކޮށް އަނބުރާ ކަޓުނަޔަކަ އެއާޕޯޓަށް ޖެއްސީ ކަމަށާއި މި ހާދިސާގައި ނުރައްކާތެރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް ބުންޏެވެ.

މި ފްލައިޓް ކުއްލި ގޮތަކަށް ޖައްސާފައިވާއިރު، އެ ފްލައިޓުން ދަތުރު ކުރަން ތިބި ފަރާތްތަކުން އެހެން ފްލައިޓެއްގައި މިހާރު ވަނީ ފޮނުވާލައިފަ އެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދަތުރު ފެށުނީ ފަސް ގަޑިއިރަށްވުރެ ވެސް ލަހުންނެވެ. 

ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި ހާދިސާގެ ސަބަބުން އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައެއްނުވެ އެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ލަންކާގެ މޫސުން ގޯސް ވުމުން ސަމާލުގެ އިންޒާރުތައް ވަނީ ނެެރެފަ އެެވެ. ރޭ އަދި މިއަދު ވެސް ލަންކާއަށް އަންނަނީ ވިދާ ގުގުރާ ބޯކޮށް ވާރޭ ވެހެމުން ނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;