ads
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރޭ ސައުތު އެފްރިކާގެ ސެފެލޯ ސިތޯލޭ (ވ) އަށް ރެފްރީ ރަތް ކާޑު ދައްކަނީ
ތިން ރަތްކާޑު ފެނުނު ފީފާ ވޯލްޑް ކަޕް ފުރަތަމަ މެޗު މެކްސިކޯއަށް
މެކްސިކޯ މެޗު ކާމިޔާބުކުރި 2-0
3 ރަތް ކާޑު ފެނިގެންދިޔަ ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗު މެކްސިކޯ ކާމިޔާބުކޮށްފި އެވެ.
Advertisement

ރޭ މެކްސިކޯގައި ފެށި ވޯލްޑް ކަޕްގައި ސައުތު އެފްރިކާ އާއި ބައްދަލުކުރި މިމެޗު މެކްސިކޯ ކާމިޔާބުކުރީ 2-0 އިންނެވެ. 

މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި، 80،000 އަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށްދިޔަ ފޯރިގަދަ ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު، ފެށި މެޗުގައި ފުުރަތަމަ މިނިޓުން ފެށިގެން މެކްސިކޯ އިން ވަނީ ދެކުނު އެފްރިކާ އަށް ނުރައްކާ ކުރަން ފަށައިފަ އެވެ. 

މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ޖޫލިއަން ކީނިއޯނެސް ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ވަނީ މެކްސިކޯގެ ލީޑު ފުޅާކޮށްދީފަ އެވެ. މި މޮޅާއެކު މެކްސިކޯ އިން ވަނީ ގްރޫޕް އޭ ގައި ފެށުން ރަނގަޅުކޮށްފަ އެވެ.

ނަމަވެސް، މި މެޗު އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ދަނޑުމަތީގައި ފެނިގެންދިޔަ ހޫނުގަދަ ކުރިމަތިލުންތަކާއި ރެފްރީ ދެއްކި ތިން ރަތް ކާޑެވެ. މި ތިން ކުޅުންތެރިންނަށް ވެސް ދެއްކީ ސީދާ ރަތް ކާޑުތަކެކެވެ.

your imageމެކްސިކޯގެ ފުރަތަމަ ލަނޑު ޖެހި ވަގުތު ރަސްމީ ފޭން ޒޯނުގައި މެކްސިކޯގެ ސަޕޯޓަރުން - ފޮޓޯ: އޭއެފްޕީ

ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެކުނު އެފްރިކާއަށް ބާކީ ދެ މެޗުން މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި މެކްސިކޯއިން އަމިއްލަ ފަސްގަނޑުގައި ކުޅޭ ދެވަނަ މެޗުން ދެކުނު ކޮރެއާ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުންމީދު އައުކުރުމުގެ ފުރުސަތު އެބައޮތެވެ.

މެކްސިކޯ ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އެ ގައުމާ ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;