ads
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހި ވެކްސިން ހަދިޔާކުރުން
އިންޑިއާއިން ދިވެހިންނަށް މީސްލްސް ވެކްސިންގެ 20 ހާސް ޑޯސް ހަދިޔާކޮށްފި
ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.
Advertisement

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއާރް ވެކްސިން އަދި ފާ މެޑިކަލް ކޮންސިއުމަބަލްސް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި ހިމެނޭ އެމްއާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗަކީ މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ގީލާ ވަނީ އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޝުކުރު ދަންނަވާފަ އެވެ. 

"އެމް.އާރް ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތައް ރައްކާތެރިކުރުމަށް މަގުފަހިވާނެ. އަދި ލެބޯޓްރީ ސާމާނު އިތުރުވުމުން، ބަލިތައް ދެނެގަތުމާއި މޮނިޓާ ކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ. މީގެއިތުރުން، ޕީޕީއީ އާއި ތައްޔާރީ ހާލަތަށް ބޭނުންވާ ތަކެތީގެ ސަބަބުން، އިސް ސަފުގައި މަސައްކަތްކުރާ ސިއްޙީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުވެ، ގައިންގަޔަށް އަރާ ބަލިތަކަށް އޮންނަ ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަވާނެ" މިނިސްޓަރު ގީލާ ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ގީލާ ޝުކުރު އަދާކުރެއްވި އެވެ. 

ހިމަބިއްސަކީ ރާއްޖޭން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ކަނޑައެޅި ބައްޔެކެވެ. އެކަމަކު އޭގެ ފަހުން ވެސް ދޭތެރެދޭތެރެއިން ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. ފަހުން ހާލަތު ގޯސްވީ ދިވެހިން ވެސް ހިމެނޭ ގޮތަށް މި އަހަރުގެ ތެރޭގައި 15 ކޭސް ފެނުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;