ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މި އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 0.3 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އަދި މީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.8 އިންސައްތަ ދަށް އަދަދެއް ކަމަށް ވެސް އެ މިރާއިން ބުނެ އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.1 ބިލިއަން ރުފިޔާއެވެ. އަދި އެއީ މުޅި އާމްފަނީގެ 56.3 އިންސައްތަކަމަށްވެސް މިރާއިން ބުނެއެވެ.
މިދިޔަ މަހު އާމްދަނީ ލިބުނު ވަރާއި ދާއިރާތައް
މީރާއިން ބުނިގޮތުގައި، މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މޭ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުންކަމުގައެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 އިންސައްތަ ދަށްވެފައި ވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު މި އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ ދަށްވުމާ ގުޅިގެން ކަމަށް ވެސް އެ މީރާ އިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;