ފުލުހުން ބުނީ، ގެއްލުނު ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެގުމުގައި އެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެއީ، ކ. ގާފަރު ބްލޫހެވަންއަށް ނިސްބަތްވާ އަހުމަދު ފައިސަލާއި އއ. އުކުޅަސް، މީރާޒް، ސައްދާމު އަޙުމަދެވެ. އެއީ އާއްމު ދެ މީހުންނެވެ.
މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އެ ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އާސިފްގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.
މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ނިޔާވި އާސިފްގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއަށް މިއަދު ވަނީ މަގާމުގެ ކުރިއެރުން ވެސް ދީފަ އެވެ.
ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އާސިފް ނިޔާވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;