ads
ފީފާއިން މުޅިން އަލަށް ދޭން ފެށި ފީފާ ޕީސް ޕްރައިޒް ޓްރަމްޕަށް އެރުވުމުގެ ހަފުލާގައި އިންފަންޓީނޯ (ކ) އާއި ޓްރަމްޕް ފައިލް ފޮޓޯ ގެޓީ އިމޭޖަސް
ސޯމާލިއާގެ ރެފްރީއަށް އެމެރިކާއިން ދިމާވި ކަންކަމަކީ ހިތާމެއް: އިންފަންޓީނޯ
މިރޭ ފަށާ ފީފާ ވޯލްޑްކަޕަށް ދިޔަ ސޯމާލިޔާގެ ރެފްރީ އުމަރު އަބްދުލްކަދީރު އާޓަމް އެމެރިކާއަށް އެތެރެވުން މަނާކޮށް އަނބުރާ ފޮނުވާލުމަކީ "ހިތާމަހުރި ކަމެއް" ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.
Advertisement

މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް އުމަރު އާޓަމް ދިއުމުން، އެމެރިކާގެ ބޯޑަރު ކޮންޓްރޯލުން އޭނާ ހުއްޓުވައި، ވަގުތުން އިސްތަންބޫލަށް ދާ ފްލައިޓަކަށް ވަނީ އަރުވާފަ އެވެ. އޭނާ ދަތުރުކުރަމުން ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގަ އެވެ. 

އަދި ނައިރޯބީގައި ހުންނަ ސޯމާލިއާ އެމްބަސީން އޭނާގެ ވިސާގެ ކަންކަމުގައި އެހީތެރިވެފައިވީ ނަމަވެސް، އެމެރިކާގެ އިދާރާތަކުން ވަނީ އޭނާ އެތެރެވުމުގެ ހުއްދަ ނުދީފަ އެވެ. އެމެރިކާގެ އޮފިޝަލުން ބުނިގޮތުގައި އާތަންއަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނީ، ޓެރަރިސްޓުންނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ. 

ވޯލްޑް ކަޕްގެ ކުރިން ބޭއްވި ފީފާގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ބުނީ، މައްސަލަ ދިމާވި ކޮންމެ ކަމަކަށް ހައްލު ހޯދޭތޯ ފީފާއިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އިންފަންޓީނޯ ބުނީ އާތަންއަށް އެމެރިކާއަށް އެތެރެނުވެވުމުން، އެކަން ހައްލު ކުރަން ފީފާއިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"ސޯމާލިއާގެ ރެފްރީއަށް ދިމާވި ކަންކަމަކީ ހިތާމަހުރި ކަމެއް. އެކަމަކު އަނެއްކާވެސް އަހަރެމެންނަށް ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ،" އިންފަންޓީނޯ ބުންޏެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ސަރުކާރުތަކެއް އޮންނާނެ ކަމަށާއި އެ ގައުމެއްގެ ކަންކަން ހިންގާ ބަލަހައްޓާނީ އެ ގައުމެއްގެ ސަރުކާރުން ކަމަށެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕާއި ގުޅިގެން އެމެރިކާއިން ވެސް ނިންމާފައިވާ ނިންމުން ތަކަކީ އެ ގައުމުގެ އަމިއްލަ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިފަދަ ނިންމުންތަކާއި މެދު ފީފާއިން ކަންބޮޑުވި ނަމަވެސް އެކަމާއި ކުރެވޭނޭ މާބޮޑު ކަމެއް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ ގައުމު ތަކާއި އޮފިޝަލުންނާއިމެދު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މުބާރާތް ބާއްވާ ގައުމުތަކުން އަމަލުކުރުމަށް ފީފާގެ ގައިޑްލައިންގައި އޮތް ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެއާއި ހިލާފަށް އެތައް ކަމެއް ދަނީ ފެންނަމުންނެވެ. 

މި ކަމުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަށް ވަނީ އެމެރިކާގެ މައްޗަށް ކުރި ހޯދުމުގައި ނުކުޅެދިފަ އެވެ. ވޯލްޑް ކަޕަށް ދެ ދުވަހަށް ވީއިރު އެމެރިކާ އަށް ދަތުރުކުރުމަށް އީރާންގެ ފުޓްބޯޅަ ޓީމަށް ވިސާ ދިނުމުގައި ވެސް އެމެރިކާއިން އަންނަނީ އެތަށް ބަހަނާއެއް ދައްކަމުން ނެވެ.

އެމެރިކާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓެއްގެ ގޮތުގައި ކަނޑައެޅުނު ނިންމުމާ މެދު ހިތާމަ ކުރަންތޯ ކުރި ސުވާލަށް ދިން ޖަވާބުގައި އިންފަންޓީނޯ ވިދާޅުވީ، އެއީ އެއްވެސް މިންވަރަކަށް އޭނާ ނުވިސްނާ ކަމެއް ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އެއަށް ފަހު ދެން އޮންނާނީ ސައުތު ކޮރެއާ އާއި ޗެކު ރިޕަބްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;