"'ފޯރިން ގުގުމާލާ" ކެމްޕެއިނަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުން އަންނައިރު، ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ.
އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އާ ތަޖުރިބާތަކާ އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ.
މި ކެމްޕެއިންގެ ތެރެއިން ދިރާގުން ތިން ޕްރޮމޯޝަނެއް އިއުލާނުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ "ޖެހީ ލިބުނީ"، "އެމް ޓީވީ މޯބައިލް އެޑް އޮން" އަދި "25ޖީބީ ފޯރި ބޯނަސް" ޕްރޮމޯޝަނެވެ.
ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު އެއްޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" ބެނާއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޕްރޮމޯޝަން ނިމިގެންދާއިރު ލީޑާބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަކަށް ޕީއެސް ފައިވް ސްލިމް ވަންޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ފައިވްޖީ 27 އިންޗީގެ 165ހާޒް ކިއުއެޗްޑީ ކާވްޑް މޮނިޓާއެއް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް "ވީއާ 26ޕާސް" އެކްޓިވޭޓްކުރުމަށްފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެންމެ 275 ރުފިޔާއަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މިއާއެކު ތްރީޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާ އެކު 25ޖީބީ ފޯރި ބޯނަސް ލިބޭނެ އެވެ. މި އޮޑް-އޮންތައް އެންމެ 20ރ. އިން ފެށިގެން ލިބެން ހުންނާނެ އެވެ.
ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުން އަންނަ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރި އާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;