ads
މަސްޖިދުލް ސުލްތާނުލް އާދިލް ( ދެބުރި މިސްކިތް)
ދެބުރި މިސްކިތުގެ ސައުންޑް ސިސްޓަމްގެ ކޭބަލްތައް ވަގުން ގެންގޮސްފި
މަސްޖިދުލް ސުލްތާނުލް އާދިލް ( ދެބުރި މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ 50 ފޫޓުގެ ކަރަންޓް ކޭބަލެއް، ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ މި ހާދިސާއާ ގުޅިގެން މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް ވަނީ ބުރޫއަރައިފައެވެ. އެ ގޮތުން ރޭ ގެ ފަތިސް ނަމާދު ކޮށްފައިވަނީ ސައުންޑަކާ ނުލާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

މި ވައްކަމުގެ މައްސަލަ މިހާރު ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ..

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް، މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައެއްކަމަށް އެ ކައުންސިލުން ބުނެއެވެ. 

މިކަމާއި ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް" ކަމަށެވެ. އަދި މި ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްޤު އަދަބު ދޭން އާޒިމް ވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;