ads
މާލެ އަތޮޅު ކާށިދޫ ؛ ފޮޓޯ މުހައްމަދު ސިފާހް ސައީދު
މީހުން އުޅޭ ސަރަހައްދުގައި ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާތީ ފިޔަވަޅު އަޅަނީ
ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ހައްދާފައިވާ ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

ކަށިދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މީހުން ދިރިއުޅޭ ސަރަހައްދާ ހައްދާފައިވާ ދަނޑުތަކަށް ކެމިކަލް ބޭސް ޖަހައިގެން ދަނޑުވެރިކަން ކުރުން މީގެކުރިންވެސް މަނާކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް ގޯތިތަކާއި ކައިރި ދަނޑުތަކަށް ކެމިކަލް ބޭސް ޖަހައިގެން ދަނޑުވެރިކަން ކުރާކަމުގެ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ކައުންސިލުން ބުނެއެވެ. 

ކައުންސިލުން ބުނީ މިފަދަ ކަންކަމަކީ ބަލި މީހުންނާއި ކުޑަކުދިން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އަމަލަކަށްވާތީ މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާކަމަށެވެ. އެގޮތުން ކެމިކަލް ބޭސް ބޭނުންކުރުމުގައި އާންމު މިންގަނޑުތަކާ ހިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާ ނަމަ އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދީފައިވާ މީހަކު ނަގަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި ގޯތިތަކާއި އަވަށާ ކައިރީގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ބަލާ މޮނީޓާކޮށް، ކެމިކަލް ބޭސް ބޭނުން ކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކާށިދޫ ކައުންސިލުން ވަނީ ދީފައެވެ. 

ކަށިދީއަކީ ރާއްޖޭގައި ދަނޑުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެވެ. އެރަށުގައި އުފައްދާ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް މާލޭގެ ބާޒާރަށްވެސް ކޮންމެ ދުވަހަކު ނެރި އަންނަނީ ވިއްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;