ads
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފި
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަކު ސަސްޕެންޑުކޮށް، ހައްޔަރުކޮށްފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާއަށް ތުހުމަތުކުރެވެނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އަދި، މައްސަލައާ ގުޅިގެން ކުއްޖާގެ އިތުރުން އާއިލާ މީހުންގެ ބަޔާން ނަގާފަ އެވެ.  

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ މަގާމެއްގައި ހުރެ ނުވަތަ ކުއްޖާގެ އިތުބާރު ހިފޭ ފަދަ މަގާމެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމަކީ ކުށުގެ ދަރަޖަ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;