ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު ގެ ނަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާއްމުކުރި ގަވައިދުގައިވާ ގޮތުން އެ ގަވައިދުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އުފައްދައ،ި އިމްޕޯޓްކުރާ ކާބޯތަކެއްޗާއި އެކްސްޕޯޓްކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑާއި އުސޫލު ބަޔާންކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި އެ ގަވާއިދާ އެއްގޮތްވާ ގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅައި ޖޫރިމަނާކުރުމުގެ އުސޫލު ބަޔާންކުރުންކަމަށެވެ.
މި ގަވާއިދާ ހިލާފަށް ކާއެއްޗެހި ބަންދުކުރާ މީހުންނަށް އަޅާ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ފަދަ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ނުވަތަ ލައިސަންސް ބާތިލުކުރުންވެސް އަދަބުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
އަޅަން ނިންމާފައިވާ ފިޔަވަޅުތައް
ފިޔަވަޅު އެޅުމުގެ ކުރިން އެ ކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް އެ ފަރާތަކަށް ދޭންވާނެކަމަށްވެސް ގަވައިދުގައިވެއެވެ. އަދި ގަވައިދާ ހިލާފު ވެއްޖެނަމަ ޖޫރިމަނާކުރާނެ އަދަދެއް ގަވައިދުގައި ބަޔާންކޮށްފައި އޮތްނަމަވެސް ކުށުގެ ސީރިއަސްކަމަށް ބަލައ،ި ފުރަތަމަ ފަހަރުވެސ،ް ބޮޑު އަދަދުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އެމްއެފްޑީއަށް ލިބިގެންވާކަމަށްވެސް އެ ގަވައިދުގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;