ޝައްމާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެވަނީ ހުކުމްކޮށްފައެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ.
އެ މައްސަލައިގެ ހުކުމުން އިއްވުމުގެ ކުރިން މީޑިއާ ވާހަކަ ދައްކަވަމުން ޝައްމާން ވަނީ މިނިސްޓަރު އަލީ އިހުސާން ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ވައްކަންކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ކޮންމެ ކޯޓާއަކުން 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު އިހްސާން ނެންގެވިކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ. އަދި އެކަން ރައިސް މުއިއްޒަށް އެންގެވުމުން އެކަން އެމަނިކުފާނު ނުބެލެއްވިކަމަށްވެސް ޝައްމާން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެ ތުހުމަތުތަކާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި އެކަމުގެ ހެއްކެތް ނެތް އިރު، ޝައްމާން ފްރޭމްކުރިކަމަށް ބުނާ ވާހަތަކަކީވެސް ދޮގެއްކަމަށާއި އެކަން ހިނގި ގޮތް އާއްމުނަށް ސާފުކޮށްދޭން ފުލުހުންނަށް އަންގާފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.
ޝައްމާން ރައީސް މުއިއްޒާއި ގުޅުވާ ދެއްކެވި ވާހަކަތަކީވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;