ads
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރަނީ. - ފޮޓޯ/އިސްލާމިކް މިނިސްޓްރީ
އެންމެ ބޮޑު މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް ބޭނުންވާ ބިން ހަވާލުކޮށްފި އެވެ.
Advertisement

ހުޅުމާލޭގައި އަޅާ މިސްކިތުގެ ބިން އެޗްޑީސީން މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު ބިމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މިބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. 

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ފެށުމަށް މަސައްކަތްކުރާ ކަމަށް ބުންޏެވެ. 

ބޮޑު މިސްކިތު ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިއްމު ކަންކަން ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;