އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ހަތީބުން 5 ވަނަބުރު ކުރިޔަށްދާނީ އަންނަ މަހުކަމަށެވެ.
ހުށައަޅަންޖެހޭ ލިޔުންތައް އަދި ފުރިހަމަ ވާންޖެހޭ ޝަރުތުތައް
ޒުވާން ހަތީބުންގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
އިސްލާމިކް މިނިސްޓްރީން ބުނީ މި ބުރުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ޓުރެއިނިން ހަދާނީ މާލޭގައި ފޭސްޓު-ފޭސް ކޮށެވެ. ރަށްރަށުގައި އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޓުރެއިނިން ހަދާނީ އޮންލައިންކޮށްކަމަށާއި އެހެންނަމަވެސް ފޭސްޓު-ފޭސްކޮށް ހާޒިރުވެގެން ޓުރެއިނިން ހަދަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ހުށައެޅުމަށް މިނިސްޓްރީން ބުނެއެވެ.
ޒުވާން ހަތީބުންގެ މިވަގުތުގެ އަދަދަކީ 532ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރުމަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ހަތީބުން ހަމަކުރުމަށްކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;