ads
ކުރީގެ ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު
އިއްޔެ މަގާމަށް އައްޔަނުކުރެއްވި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
Advertisement

މިއަދު މެންދުރުފަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ހާއްސަ މުޝީރުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު ވަނީ ފައްޓަވައިފަ އެވެ. އެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވީ އިއްޔެ އެވެ.  

ނަމަވެސް މީގެ އިރުކޮޅެއް ކުރިން މުންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޝީރުކަމުން އާދަމް ނަސީރު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެކަމަކު، އެހާ ކުރު މުއްދަތެއްގެ ތެރޭގައި މިދިޔަ 14 އޭޕްރީލްގައި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރު، މަގާމުން އިސްތިއުފާދެއްވި ސަބަބެއް ނޭނގެ އެވެ. ސަރުކާރުން ވެސް އެ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން އޭރު ބުނީ ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

އޭރު އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް އިސް މަގާމުތައް ފަހުން ދެއްވާފައިވެއެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާ ވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަންކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;