ads
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ޖަލަށްލާން އަންގައިފި ކަމަށް ބުނެ، ހުކުމުގެ ކުރިން ޝައްމާން ނޫސްވެރިންނާ ބައްދަލުކުރަނީ
އޭނާ ޖަލަށްލާން "އަމުރުކޮށްފައިވާ" ކަމަށް ބުނެ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ކޯޓަށް ދިއުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރަން ނިންމައިފިއެވެ.
Advertisement

މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމް، މިއަދު ހަވީރު ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައެވެ.އެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހަވީރު 16:00 ޖަހާއިރަށެވެ. 

ޝައްމާން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހުކުމުގެ ކުރިން 15:30 ގައި ނޫސްވެރިން ބޭނުންވާ ބައެއް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގަންނަވާނީ އެއަށް ފަހުގައި ކަމަށް އެ ޕޯސްޓުގައިވެއެވެ. 

" ތިޔަ ބޭފުޅުން ބޭނުންފުޅުވާ ބައެއް ވާހަކަތައް 1530 ގައި ހިއްސާކުރުމަށްފަހު ކޯޓަށް އަޅުގަނޑު ވަންނާނަން. ކޯޓުން ދެން ގެންދާނީ މާފުށްޓަށް، ޖަލު ހުކުމެއް ކުރުމަށް ވަނީ އަންގާފަ." ޝައްމާން ޕޯސްޓުގައިވެއެވެ.

އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާންގެ މައްޗަށް، ތިން ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. 

ދައުލަތުން ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;